ސޫރިޔާ އާއި ހަނގުރާމަ އިއުލާނު ނުކުރަމު: ފްރާންސް

ސޫރިޔާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން އެމެރިކާ އިސްވެ އޮވެ ފްރާންސާއި އިނގިރޭސިވިލާތް ގުޅިގެން ސޫރިޔާގެ ތިން ސަރަހައްދަކަށް ހަމަލާތަކެއް ދީފައިވާއިރު އެއީ އަދި ހަނގުރާމަ އިއުލާ...

15 Apr 2018 | 22:00

ސޫރިޔާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން އެމެރިކާ އިސްވެ އޮވެ ފްރާންސާއި އިނގިރޭސިވިލާތް ގުޅިގެން ސޫރިޔާގެ ތިން ސަރަހައްދަކަށް ހަމަލާތަކެއް ދީފައިވާއިރު އެއީ އަދި ހަނގުރާމަ އިއުލާނުކުރީކީ ނޫން ކަމުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މެކްރޮން މިހެން ވިދާޅުވީ މީޑިއާއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެވެ.

އޭނާ ވިދާޅުވީ ކެމިކަލް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ އެމެރިކާ އާއި ގުޅިގެން ސޫރިޔާ އަށް ހަމަލާދިނުން އަދި އެއީ ހަނގުރާމަ އިއުލާނު ކުރުން ނޫން ކަމަށެވެ.

ފްރާންސްގެ ރައީސް މިހެން ވިދާޅުވެފައިވާއިރު އެމެރިކާއިން އިސްވެ އޮވެ ދިން ހަމަލާގައި ފްރާންސުން ބައިވެރިވުން އެއީ ސޫރިޔާ އާއެކު ހަނގުރާމަ އިއުލާނު ކުރުން ކަމުގައި ސޫރިޔާއިން ވަނީ ސިފަ ކޮށްފައި އެވެ.

އެ ހަމަލާގައި ސޫރިޔާގެ ކެމިކަލް އުފައްދާ ކާރުހާނާ އަކާއި ކެމިކަލް ބަންދުކުރާ ދެ ސްޓޯރޭޖް ފެސިލިޓީއަކަށް ގެއްލުންތަކެއް ދީފައިވާއިރު ސޫރިޔާގެ ރައީސް ބައްސާރުލްއަސަދަށް ފާޅުގައި ތާއީދުކުރަމުން އަންނަ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަދި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އަކީ މުޖުރިމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް