އިނގިރޭސި ބޮޑުވަޒީރު ސްޓާމާ -
އިނގިރޭސިވިލާތް މެދުއިރުމަތީގެ ފުޅާ ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެއެވެ.
ސްޓާމާ މިހެން ވިދާޅުވީ، އެ ސަރަހައްދުގައި އެކުވެރި ޤައުމުތަކުން އަސްކަރީ އެހީތެރިކަން ނުދީފި ނަމަ ނޭޓޯގެ މުސްތަޤުބަލަށް ނުރައްކާވެދާނެ ކަމަށް ބުނެ، އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންޒާރު ދިނުމާ ގުޅިގެންނެވެ.
ސްޓާމާ ވިދާޅުވީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އިސްކަމެއް ދެނީ އެ ސަރަހައްދުގައި ތިބި އިނގިރޭސި ރައްޔިތުން ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި އެ ޤައުމާއި އެކުވެރި ޤައުމުތައް ދިފާއުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މީގެ އިތުރުން ސްޓާމާ ވިދާޅުވީ، ފުޅާ ހަނގުރާމައެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން އަލުން ޤާއިމުކުރުމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް