ކޯވިޑް-19: ޝައްކު ކުރެވޭ މީހުން ފެނިގެން މަތިވެރި އާއި ގިލި ލަންކަންފުށި މޮނިޓަރިންއަށް

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނިގެން އއ. މަތިވެރި އާއި ގިލިލަންކަން ފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަ...

16 Mar 2020 | 17:03

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނިގެން އއ. މަތިވެރި އާއި ގިލިލަންކަން ފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މަތިވެރި މޮނިޓަރިން ހާލަތަށް ގެންދިޔައީ އެ ރަށުން ދެ ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިލި ލަންކަންފުށި މޮނިޓަރިން ހާލަތަށްލީ އެ ރަށުގެ މުވައްޒަފަކު މެލޭޝިއާ އަށް ގޮސް އައި ފަހުން ބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމުން ނެވެ.

މި އެންމެން ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އަދި އެރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ގުޅުންހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މަތިވެރީގައި ޝައްކު ކުރެވިގެން އުޅެނީ އެ ރަށުގައި ހުރި ގެސްޓު ހައުސްއަަކަށް ޗުއްޓީ ހޭދަކުރަން ގޮސްތިބި އާއިލާއެއްގެ ތެރެއިން ދެ ކުޑަކުއްޖަކަށެވެ.

މިހާރު ރާއްޖޭގައި13 މީހަކު ޕޮސިޓީވްވެފައި އެބަ ތިއްބެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް