ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރާއްޖޭގައި ހިންގާ ހުރިހާ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ބަންދު ކުރަން އަންގައިފި އެވެ.
ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް އަދި ގޭގޭގައި ހިންގާ ޓިއުޝަން ކްލާސްތައް ހުއްޓާލަން އަންގާ ކަމަށެވެ. އެއީ އެއް ހަފްތާގެ މުއްދަަށެވެ.
މިކަން ދައުލަތުގެ ހުރިހާ މުވައްސަސާތަކާއި އެހެނިގެން އިދާރާތަކުން ތަންފީޒު ކުރުމަށް އަންގާފައިވެ އެވެ. މިއީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ބަލި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން އެޗްޕީއޭއިން ވަނީ ޔުނިވާ ސިޓީ އަދި ކޮލެޖުތައްވެސް ދެ ހަފްތާއަށް ބަންދު ކުރަން އަންގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް