ކޯވިޑް-19: ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފި

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އިތުރު އެއް ހަފްތާއަށް ސްކޫލްތައް ބަންދު ކުރަން ނިންމައިފި އެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައ...

16 Mar 2020 | 10:27

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ އިތުރު އެއް ހަފްތާއަށް ސްކޫލްތައް ބަންދު ކުރަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒެވެ.

ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދު ކުރި އިރު އެޑިއުކޭޝަން މިނިސްޓްރީން ދަނީ އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދޭން ތައްޔާރުވަމުންނެވެ. އެ ތައްޔާރީތައް ވަމުންދާ ކަމަށް މިއަދު ވެސް ބުންޏެވެ.

ގްރޭޑް10 އަދި11 ގެ ދަރިވަރުންނަށް ޔެސް ޓީވީ މެދުވެރިކޮށް "ޓެލިކްލާސް' ގެ ނަމުގައި ކިޔަވައިދޭން ފަށާފައިވާއިރު ގްރޭޑް1 ން7 ގެ ދަރިވަރުންނަށް ދޭ ފިލާވަޅުތައް ޓައިމްޓޭބަލާއި އެއްގޮތަށް ވައިބާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކޮށްފައިވެ އެވެ.

މީގެެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިންޓަނެޓާއި ޓީވީގެ ހިދުމަތް ލިބެން ނެތް ކުދިންގެ މައުލޫމާނު އެއްކުރުމަށް ހުރިހާ ސްކޫލްތަކަށް އަންގާފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޮނާ ވައިރަސް ޖެހިފައިވާ13 މީހަކު ފެނިފައިވާ އިރު ރާއްޖެއަށް ބަލި ފެތުރުނަ ނުދިނުމަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި ސްކޫލްތައް ހުޅުވުން ރަނގަޅު ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް