ޘަގީފުގެ ފަރާތުން ދާއިރާގެ އަންހެން ކަނބަލުންނަށް ސައިފޮދެއް!

ޘަގީފުގެ ފަރާތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫގެ އަންހެން ކަނބަލުންނަށް ހާއްސަ ސައިފޮދެއް ބާއްވައިފިއެވެ. މިއަދު ހަވީރު ނިއު ޕޯޓު ވިއުގައި ކުރިއަށް ދިޔަ މިސައިފޮދުގ...

16 Mar 2019 | 18:10

ޘަގީފުގެ ފަރާތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫގެ އަންހެން ކަނބަލުންނަށް ހާއްސަ ސައިފޮދެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ނިއު ޕޯޓު ވިއުގައި ކުރިއަށް ދިޔަ މިސައިފޮދުގައި ގިނަ އަދަދެއްގެ އަންހެން ކަނބަލުންވަނީ ބައިވެރިވެފައެވެ. ޘަޤީފުގެ ކެމްޕެއިން ޓީމުގެ އޮފިޝަލަކީ ވިދާޅުވީ "މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދާއިރާގެ އަންހެން ކަނބަލުން އެއްތަނަކުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން"ކަމަށެވެ.

ވައިކަރަދޫ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުގެ ހައްލުތަކާއި ގުޅޭގޮތުން "ފިކުރު ކޮފީ" ގެ ނަމުގައި ޘަޤީފް އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް ހުސެއިން ޘަޤީފް ވާދަކުރައްވަނީ ޢަދާލަތު ޕާޓީގެ ޓިކެޓުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް