ވެރިކަމާއި ވަޒީރުކަން ހޯދަން ވީމަ ގާސިމް އިބްރާހިމް ވަރެއް ނެތް ކަމަށާއި، މަގާމު ލިބޭއިރަށް ގާސިމް އިބްރާހިމް މަތިން ހަނދާން ނެތޭ މައްސަލަ، ގައުމީ ފެންވަރެއްގައި ބަލަންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ. މިހެން ނިހާން ވިދާޅުވީ ޓްވީޓަކުންނެވެ.
https://twitter.com/ahmed_nihan/status/1106833894056157185
އޭގެ ކުރިން ގާސިމްއާއި އެކު ނަގައިފައިވާ ފޮޓޯ އަކާއިއެކު ކުރި ޓްވީޓެއްގައި ނިހާން ވިދާޅުވީ، ގާސިމް އަކީ ބޮޑު ތަކުރުފާނާއި، ދޮންބަންޑާރައިން ފަދައިން ދިވެހި ފަސްގަނޑާއި ރައްޔިތުންދެކެ ލޯބިވާ ލީޑަރެއްކަމެވެ. އަދި މިކަން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ބަޔަކަށް ނޭންގޭނަމަ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށްވެސް ނިހާން ވިދާޅުވިއެވެ.
https://twitter.com/ahmed_nihan/status/1106833482938880000
ނިހާން މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީވެސް ގާސިމްގެ އެހީފުޅާއިއެކުގައެވެ. ނަމަވެސް ވެރިކަން ހަމަ ލިބުމާއެކު ރައީސް ޔާމީންވެސް ގާސިމް މަތިން ހަނދުމަފުޅު ނެތިކޮށްލައި ދުރުކޮށްލިއެވެ. އަދި ޖަލަށްވެސް ލިއެވެ.
މިހާރު މިއޮތް ކޯލިޝަންގައިވެސް ގާސިމްގެ ޖުމްހޫރީ ޕާޓީ ހިމެނުނުނު ނަމަވެސް ގާސިމް ވަނީ މިހާރުގެ އިދިކޮޅު ޕާޓީތައް ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރައްވަން ނިންމަވައި އެކަން އިއުލާނު ކުރައްވާފައެވެ. އަދި ޕީޕީއެމް ޕީއެންސީން ވަނީ ގާސިމްގެ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ނިންމައި އެކަން އިއުލާނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް