ހަފްތާ ބަންދުގައި މަސައްކަތް ކުރާނަމަ ޑިޕްރެޝަންއަށް މަގުފަހިވޭ: ދިރާސާ

ހަފްތާ ބަންދުގައި ވަޒީފާގެ މަސައްކަތް ކުރާނަމަ ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޔޫކޭގެ ދިރާސާއަކުން ދައްކައިފިއެވެ. މުޅި ދުނިޔޭގައި މިޒަމާނުގައި ދެ ޖިންސްގެ މީހުން ވަޒީފާ އަދާކުރާއިރު، ބުރ...

16 Mar 2019 | 10:21

ހަފްތާ ބަންދުގައި ވަޒީފާގެ މަސައްކަތް ކުރާނަމަ ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޔޫކޭގެ ދިރާސާއަކުން ދައްކައިފިއެވެ.

މުޅި ދުނިޔޭގައި މިޒަމާނުގައި ދެ ޖިންސްގެ މީހުން ވަޒީފާ އަދާކުރާއިރު، ބުރަ ހަފްތާއަކަށް ފަހު، ހަފްތާ ބަންދުގައި މަސައްކަތް ކުޜާ މީހުންގެ ސިއްހަތައް ގެއްލުން ކުރާނެކަމަށް މި ދިރާސާއިން ދެއްކިއެވެ.

ވަޒީފާ އަދާކުރާ އަންހެނުންގެ ދެބައި ކުޅަ އެއްބައި އަންހެނުން ހަފްތާއަކު 35 ގަޑި އިރު މަސައްކަތް ކުރާކަމަށް މި ދިރާސާއިން ދެއްކިއެވެ. 55 ގަޑި އިރަށްވުރެ ގިނައިން މަސައްކަތް ކުރާ ނަމަ، ޑިޕްރެޝަން އަށް މަގުފަހިވާނެ ކަމަށް މި ދިރާސާއިން ދައްކައެވެ. މި އަދަދަށް މަސައްކަތް ކުރަނީ މީގެ ތެރެއިން ތިންބައި ކޮށްފައި ދެބައި އަންހެނުންނެވެ.

މި ދިރާސާއިން އިތުރަށް ދެއްކިގޮތުގައި، ހަފްތާއެއްގެ ތެރޭގައި ފިރިހިނުންނަށް، ހަފްތާ ބަންދާއި ލައިގެން 65 ގަޑިއިރު މަސައްކަތްކުރެވެއެވެ. މިއީ މަސައްކަތައް މީހާގެ ހަށިގަނޑު ތައްޔާރު ވެފައިވާ ވަރަށްވުރެ ތިން ގުނަ އިތުރަށް މަސައްކަތް ކުރުމެވެ. މިކަމުގެ ސަބަބުން ސިކުނޑި މަސައްކަތް ކުރުން ލަސްވާނެކަމަށް މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި، ޕްރޮފެސަރ ގިލިއަން ވެސްޓޮން ވިދާޅުވިއެވެ.

ގިލިއަން ވިދާޅުވީ، ވަޒީފާ ދޭ ފަރާތްތަކުން، މުވައްޒަފުންނަށް އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ދޭން ޖެހޭނެ ކަމުގައެވެ. މުޅި މީހާ 24 ގަޑިއިރު މަސައްކަތުގައި އުޅޭނަމަ ވިސްނުން ކޮށިވެ، މަސައްކަތް މަތިން ފޫހިވާނެ ކަމަށްވެސް ގިލިއަން ވިދާޅުވިއެވެ. އެގޮތުން ހަފްތާ ބަންދުގައި މުވައްޒަފުންނަން ޗުއްޓީ ދީ، އެމީހުން މަސައްކަތުން އެކަހެރިކޮށްލުން މުހިއްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް