ބުރެވިމާގެ ޒާހިރު އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ވަރަށް ގިނަ ހިދުމަތްތައް ކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު އަވާހަރަވެއްޖެ އެވެ. ރޭގެ ވަގުތެއްގައި ޒާހިރު އަވަހާރަވީ އުމުރުފުޅުން 92 އަ...

16 Mar 2019 | 08:54

ދިވެހި ދައުލަތަށް ވަރަށް ގިނަ ހިދުމަތްތައް ކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު އަވާހަރަވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ޒާހިރު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައި އައިޖީއެމް ހޮސްޕިޓަލުގަ އެވެ. ޒާހިރު އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިއަ ބުރާސްފަތި ދުވަހު އެ މަނިކުފާނުގެ އާލާސްކަންފުޅު ބޮޑުވެގެނެވެ.

ޒާހިރު އަވާހަރަވިއިރު، އަނބިކަނބަލަކާއި ހަތް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ޒާހިރު ވަނީ 63 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ސަރުކާރަށް ހިދުމަތް ކުރައްވާ ސަރުކާރުގެ ވަރަށް އިސްމަ ގާމުތަކެއް ފުރުއްވާފަ އެވެ.  ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ޅ. އަތޮޅުގެ މެންބަރުކަމާއި، ތ. އަޮޅުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް