އިންޑިއާގެ ފޮރިން މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގ އެކްސްޓާނަ...

16 Mar 2019 | 08:20

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާގޮތުގައި ސުޝްމާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާއެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށް ބުނެފައިވެއެވެ. އަދި އަރިހުގައި ފޮރިން ސެކްރެޓަރީ ވިޖޭ ގޯކާލޭގެ އިތުރުން އެ މިނިސްޓްރީގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ސުޝްމާގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ޕްލޭނިންގް މިނސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު  ހަސަންގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާލާއި ވަކިވަކިން ބައްދަލުކުރައްވައި ދާއިރާތަކުން އިންޑިއާއާއެކު ގުޅުން ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަރިހަށާއި ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ގެ އަރިހަށް ސުޝްމާ ޒިޔާރަތް ކުރައްވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް