ފޯކު ލިފްޓަކުން ތިރިކުރަން އުޅުނު ދަގަނޑު ފިލައެއް ވެއްޓި މީހެއްގެ ފައިގެ އިނގިލިތައް ބުރިވެއްޖެއެވެ.
މީޑިއާ އަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 09:15 ހާއިރު މި ހާދިސާ ހިނގާފައިވަނީ ތ. ދިޔަމިގިލީގައެވެ. ދަގަނޑު ފިލައެއް މީހެއްގެ ފައިމައްޗަށް ވެއްޓުނީ ބޯޓު ޔާޑެއްގައި މަސައްކަތް ކުރިއިރު ފޯކު ލިފްޓަކުން ތިރިކުރަން އުޅުނު ދަގަނޑު ފިލައެއް ވެއްޓި އޭނާގެ ފައިގާ ޖެހުމުންނެވެ. ބުރިވެފައިވަނީ ކަނާތު ފައިގެ ބައެއް އިނގިލިތަކެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެއްސަކަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ތ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އޭރު ފަށާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް