ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވަނީ 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާއަށް ނޭވާލާން އުނދަގޫވ...

16 Mar 2019 | 07:24

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވަނީ 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާއަށް ނޭވާލާން އުނދަގޫވާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ދޫކޮށްލި ކަމަށާއި ނަމަވެސް މެއަށް ތަދުވާތީ ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 06:17 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް