އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ "ހުއްޓުވާ" މުޒާހަރާ ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފި އެވެ.
މަޖީދީ މަގުގައި 08:40 ހާއިރު މުޒާހަރާ ފަށާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު މަޖީދީ މަގަށް ނިކުމެފައި ވެ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން މި އެއްވުން ކޮންޓްރޯލް ކުރަން ނިކުމެފައި ވެ އެވެ.
މުޒާހަރާ ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާއިރު ހައްޔަރު ކޮށްފައިވަނީ ކިތައް މީހުން ކަން ކަށަވަރެއް ނޫނެވެ.
ހުއްޓުވާ މުޒާހަރާ ފެށިގެން ކުރިއަށްދާއިރު އިދޮކޮޅު ފަރާތްތަކުން ބުނެފައިވަނީ މިރޭ ގެއަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. އިދިކޮޅުން މިހެން ބުނެފައިވާއިރު ފުލުހުން ބުނެފައިވަނީ މި މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް