އުރީދޫ މޯލްޑިވްސް އިން "ވަރަށް ތަފާތު" ނަމުގައި ބޮޑު ބިޔަ ކެމްޕޭނެއް ލޯންޗު ކޮށްފި އެވެ.
ވަރަށް ތަފާތު ގޮތަކަށް، އުރީދޫގެ މުވައްޒަފުންނާއެކު ބުދަ ދުވަހު ހަވީރު ލޯންޗު ކުރި މި ކެމްޕޭނަކީ މުޅި އަހަރަށް ދެމިގެންދާނެ ކެމްޕޭނެއް ކަމަށެވެ.
މި ކެމްޕޭން ލޯންޗު ކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މުވާސަލާތީ ހިދުމަތް އުރީދޫން ރާއްޖޭގައި ދޭން ފަށައި، ކުރިއަށްދާ ކޮންމެ އަހަރަކީވެސް މުޅިން ތަފާތު އަހަރެއް ކަމަށާއި އުރީދޫގެ ކޮންމެ ކަސްޓަމަރަކީވެސް ވަރަށް ތަފާތު މީހެއް ކަމަށެވެ. އަދި އުރީދޫން މަސައްކަތް ކުރަނީ އެ ހުރިހާ ތަފާތު ތަކަކަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމުގައިވެސް ނަޖީބް ޚާން ވިދާޅުވި އެވެ.
މި ކެމްޕޭންގެ ދަށުން އުރީދޫން ފާއިތުވި 24 ގަޑިއިރު ތެރޭގައިވެސް އެކި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު އުރީދޫން ހާމަކުރާގޮތުގައި މުޅި އަހަރަށް ދެމިގެންދާނެ މި ކެމްޕޭނުގައި އިޖްތިމާއީ ތަފާތު ހަރަކާތް ތަކަކާއި އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ތަފާތު އެކި ސަޕްރައިޒްތައް ދެމުންގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް