ދިރާގުގެ "ފޮ ދި އޯޝަން" ގާޒީ އާއި ކަލާފާނު ސްކޫލުގައި ބާއްވައިފި

ދިރާގުން ފަށާފައިވާ "ފޮ ދި އޯޝަން" ކެމްޕޭންގެ ދަށުން ސްކޫލްކުދިންނަށް ބާއްވާ ސެޝަންތައް އިއްޔެ ގާޒީ ސްކޫލާއި ކަލާފާން ސްކޫލުގައި ބާއްވައިފި އެވެ. މި ކެމްޕޭނަކީ ޕްލާސްޓިކް ކޮތަޅު ނައްތާލާ އަލުން ބޭނުން...

16 Mar 2018 | 06:51

ދިރާގުން ފަށާފައިވާ "ފޮ ދި އޯޝަން" ކެމްޕޭންގެ ދަށުން ސްކޫލްކުދިންނަށް ބާއްވާ ސެޝަންތައް އިއްޔެ ގާޒީ ސްކޫލާއި ކަލާފާން ސްކޫލުގައި ބާއްވައިފި އެވެ.

މި ކެމްޕޭނަކީ ޕްލާސްޓިކް ކޮތަޅު ނައްތާލާ އަލުން ބޭނުން ކުރެވޭ ކޮތަޅަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ.  ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރަން ދިރާގުން ޓީވީ އަދި ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އެ ސެޝަންތަކުގައި ކަމާ ގުޅޭ ތަޖުރިބާކާރުން ލައްވައި ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާ ބެހޭގޮތުން ވަނީ މައުލޫމާތުދީފަ އެވެ. އަދި އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރުމަށް ކުދިންނަށް ބާރުއެޅުމުގެ ގޮތުން އެ ދެ ސްކޫލްގެ ކުދިންނަށް އެފަދަ ކޮތަޅުތައް ވަނީ ހަދިޔާކޮށްފަ އެވެ.

ކެމްޕޭނުގެ ދަށުން މިހާތަނަށް 10 ސްކޫލެއްގައި ސެޝަން ބާއްވައި ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެ އެވެ. ފޮ ދި އޯޝަންސް ކެމްޕޭނަކީ ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން 2016 ވަނަ އަހަރު ފެށި ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް