ހައްޔަރު ކުރި، ކުރީގެ އެސްޕީޖީ ތިން މީހުން ދޫކޮށްލައިފި

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ތިން މީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ. އެ ތިން މީހުންނަކީ ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފަ...

15 Mar 2018 | 23:35

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ތިން މީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

އެ ތިން މީހުންނަކީ ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު އެވެ.

މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ގާޑިއަލެއްގެ ކައިރީގައި ތިއްބައެވެ. ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންވެސް ދޫކޮށްލާފައިވަނީ އެ ތިން މީހުންގެ ފޯނު އަތުލުމަށް ފަހުގައި އެވެ. ނަމަވެސް މި ތިން މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ކޮބައިކަން ނޭނގެ އެވެ. ފުލުހުން އެފަދަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ތިން މީހުންގެ ތެރޭން ސިމާދާއި ފައްތާހަކީ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ބައެކެވެ. ޝާނީޒް އެންމެ ފަހުން ހުރީ ޓޫރިޒަމް މިނިސްޓަރު މޫޒާ ޒަމީރުގެ ބޮޑީ ގާޑަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް