ކ. މާފުށީ މަގުމަތީގައި މަސްތުގެ ހާލުގައި ބިކިނީ ލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރު ކުރި އިނގިރޭސި ވިލާތުގެ ފަތުރުވެރިޔާ ސިސީލިއާ ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން އޭނާ ބަރަހަނާ ކޮށް އަނިޔާކުރި ކަމަށް ތުހުމަތު ކޮށްފި އެވެ.
މާފުށީ ރައްޔިތުންނާއި އާންމު ވި ވީޑިއޯއިންނާއި މަންޒަރު ދުށް މީހުން ބުނެފައިވަނީ ފުލުހުން އޭނާ ހައްޔަރު ކުރީ ނިވާ ކުރުމަށް ނަސޭހަތް ދިނުމުން އެކަމަށް އިންކާރުކޮށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރުމުން ކަމަށެވެ.
ސިސީލިއާ ހައްޔަރު ކުރި ދުވަހުގެ އަނެއް ދުވަހު އޭނާވަނީ އެނބުރި ގައުމަށް ގޮސްފައެވެ.
އެނބުރި ގައުމަށް ދިޔަތާ ހަފްތާއެއް ވީފަހުން އިނގިރޭސި ނޫހަކަސް މައުލޫމާތު ދެމުން އޭނާ ވަނީ ދޮގު ތުހުމަތުތަކެއް ދިވެހި ފުލުހުންނަށް ކޮށްފަ އެ. އެގޮތުން އޭނާ ބަރަހަނާ ކުރިކަމަށް ފުލުހުން އޭނާ ރަހީނު ކުރަން މަސަކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރި އެވެ.
"އަހަރެން ހީކުރީ އަހަރެން ރަހީނު ކުރަން އުޅެނީ ކަމަށް. އަދި އަހަރެންނަށް ނޭވާ ނުލެވިގެން އުޅެނިކޮން ފުލުހުން އައިސް އަހަރެންގެ ގައިގައި އަތްލާ ފާސްކުރަން ފެށީ." އިނގިރޭސި ނޫހަކަށް އިންޓަވިއު ދެމުން އޭނާ ބުނެފައިވެއެވެ.
ސިސީލިއާ ބުނެފައިވަނީ ފުލުހުން އޭނާގެ ހަށިގަނޑު ބަލާ ފާސްކުރީ ބަރަހަނާ ކޮށްގެން ކަމަށެވެ.
ނަމަވެސް ޒުވާން ފަތުރުވެރިޔާ އެހާ ނިވާކަން ކުޑަގޮތެއްގައި ރަށުތެރޭގައި އުޅެންފެށުމުން ރައްޔިތުން އެކަމާ ނުރުހުން ފާޅު ކުރި އެވެ. މާފުށީ ޕޮލިސް ސްޓޭޝަން ގައި މާ ގިނަ އިރުތަކެއް ނުވެ ސިސީލިއާ ވަނީ ދޫކޮށްލާފައެވެ.
އޭނާއާއި އެއްކޮށް އުޅުން ފިރިހެން މީހާވެސް މާރާމާރީ ހިންގިކަމަށް ވެއެވެ. ނަމަވެސް ރާއްޖެއިން ސިސީލިއާ އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ ރާއްޖޭގައި ހެދުން އެޅުމުގައި ހެދިފައިވާ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް