މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑާއި ނަން ބަދަލުކޮށްފި

"މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ. މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮ...

16 Feb 2020 | 16:06

"މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑްގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކުރައްވައި، ރައީސް އެ ބޯޑު އަލުން އެކުލަވައިލައްވާފައިވަނީ 30 ޖަނަވަރީ 2020 ގައެވެ. މި ބޯޑު އަލުން އެކުލަވައިލައްވާފައިވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ.

  1. ޑރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ. އަކީލާ)
  2. ނ.ޢ.ޢ.ވ. އަނީސާ އަޙްމަދު (މ. ލޮނުވެލި)
  3. ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
  4. ޑރ އިސްމާޢީލް ޝަފީޢު (މ. ޕޮޕީ)
  5. އަލްފާޟިލް ޙާމިދު ޞާދިޤު (އަލިހިޔާގެ، ޅ. ނައިފަރު)
  6. އަލްފާޟިލް ޢަބްދުލްމާޖިދު (ގ. ކްރީމްގެ
  7. އަލްފާޟިލާ ޢާޠިފާ އިބްރާހީމް (މ. ދެބުދާރު)
  8. އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ)
  9. އަލްފާޟިލާ މާރިޔާ ސަޢީދު (މއ. ކޮށީގެ)

މި ބޯޑުގެ ޗެއަރމަންގެ މަޤާމަށް ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަނު ކުރައްވާފައިވާއިރު،  މި ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ އަނީސާ އަޙްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް