ހެލްތް މިނިސްޓަރުގެ ނައިބަކަށް ދަފްތަރު ނަންބަރު 115-94، އަބޫބަކުރު ޢަބްދުލްކަރީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
އަބޫބަކުރު ޢަބްދުލްކަރީމް މިހާތަނަށް ހުންނެވީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަގާމުގައެވެ. އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.
ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ އަބޫބަކުރު ޢަބްދުލްކަރީމް އަކީ މީގެ ކުރިން އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
އަބޫބަކުރުގެ އިތުރުން ހެލްތް މިނިސްޓްރީގައި މިނިސްޓަރުގެ ނައިބުގެ މަގާމުގައި ދެ ބޭފުޅަކު އެބަތިއްބެވި އެވެ. އެއީ އަލްއުސްތާޒާ ޝިޔާމާ އަހުމަދާއި ނިޝާމާ މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް