ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު އެރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރާއި 40 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިނގުރައިދޫގައި މަސްތުވާތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 15 ވަނަ ދުވަހު އެވެ.
މި އޮޕަރޭޝަންގައި މި ދެ މީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅޭ ގެ، އެ ގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ދެމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ބަންދަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ދެ ދުވަސް ޖަހައިދީފަވެ އެވެ، 40 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ޖަހައިދީފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް