ވަޒީފާގެ ޕްރޮބޭޝަން މުއްދަތު އިތުރު ކުރަން އިސްލާހު ހުށަހަޅައިފި

ވަގުތީގޮތުން، ވަޒީފާގައި ގެންގުޅޭވޭނެ މުއްދަތު ނުވަތަ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން އިސްލާހު ހުށައަޅައިފި އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއް...

16 Feb 2020 | 11:47

ވަގުތީގޮތުން، ވަޒީފާގައި ގެންގުޅޭވޭނެ މުއްދަތު ނުވަތަ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން އިސްލާހު ހުށައަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މުވައްޒަފުންގެ ހައްގުގައި، ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގަ ވަކާލާތު ކުރައްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.

މި އިސްލާހު ހުށަހަޅުއްވަމުން އީސާ ވިދާޅުވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނީ ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ. އަދި ހަމަ އެއާއުކު މި މުއްދަތުގެ ތެރޭގައި އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި އެ އެއްބަސްވުން ދެފަރާތައް އުވާލެވިދާނެ ކަމަށެވެ.

މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިހާރުވެސް ބައެއް އަމިއްލަ ކުންފުނިތަކުން ތިން މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެގްރިމެންޓު ނަހަދާ މަސައްކަތް ކުރުވާއިރު މި އިސްލާހުގެ ސަބަބުން އިތުރަށް އެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ބުނެ އެވެ.

މި އިސްލާހާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ތިން މަހުން ހަ މަހަށް އިތުރުކޮށް ބަދަލުކުރުމަކީ ވަޒީފާ އަދާ ކުރާ ފަރާތްތަކުން މިހާރަށްވުރެ ވެސް ބޮޑަށް ނިކަމެތިވާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް