އިންޑޮނީޝިއާގަ ހައްޔަރު ކުރި ދިވެހިންނަކީ ދީނި ހަރުކަށި ފިކުރުގެ ބައެއް!

އިންޑޮނީޝިއާގަ ހައްޔަރު ކުރި ހަތަރު ދިވެހިންގެ ތެރޭގައި މަކްތަބާ ސަލަފިއްޔާގެ ނަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޖަމިއްޔާގައި އިސްކޮށް އުޅޭ މުހައްމަދު ހަސަން ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެ އެވ...

16 Feb 2020 | 11:20

އިންޑޮނީޝިއާގަ ހައްޔަރު ކުރި ހަތަރު ދިވެހިންގެ ތެރޭގައި މަކްތަބާ ސަލަފިއްޔާގެ ނަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޖަމިއްޔާގައި އިސްކޮށް އުޅޭ މުހައްމަދު ހަސަން ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން އިންޑޮނީޝިއާއަށް ދިޔައީ މިމަހުގެ13 ވަނަ ދުވަހު މެލޭޝިޔާ މަގުން ކަމަށެވެ. އަދި އެމީހުން ދޫކޮށްލުމުން އިއްޔެ އެނބުރި ރާއްޖެ އައިސްފަވާ ކަމަށެވެ.

ފުލުހުން ބުނީ އިންޑޮނީސިއާ އިން ހިފެހެއްޓީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ކަމާ ބެހޭ އިދާރާތަކުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުން ބަލަމުންދާ ކަމަށެވެ.

މުހައްމަދު ހަސަން އަކީ ހައްދު ފަހަނައެޅުމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކޮށްފައިވާ އިލްމުވެރި އެކެވެ. އޭނާގެ ހުއްދަ ބާތިލް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ18 ވަނަ ދުވަހު އެވެ.

އިންޑޮނީޝިއާއަށް އެތެރެވާން އުޅެނިކޮށް ދިވެހިންތަކެއް ހައްޔަރުކޮށްފައިވާއިރު ހަރުކަށި ފިކުރުގެ ބަޔަކު މިމަހުގެ ތެރޭގައި ވަނީ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފަ އެވެ.

މިހަމަލާއާ ގުޅިގެން މިހާތަނަށް ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ހަމަލާގެ ޒިންމާ އައިސްގެ ރާއްޖޭގެ ގޮފިން ނަގާކަމަށް ބުނެ ވީޑިއޯއެއް ސޯޝަލް މީޑީއާގަ އާންމު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް