ލީކުވި އޯޑިއޯ ގުޅުވީ އެމްއޭއެމް އިންތިހާބާ، އަޑުބަރޭ ގޮވާލެއްވީ ތަހުގީގު ކުރުމަށް!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ކަމަށް ބެލެވޭ ބައެއްގެ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރިޔަސް މައްސަލައެއް ނެތް ކަމަށް އަސްހަދު ވި...

16 Feb 2020 | 10:05

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ކަމަށް ބެލެވޭ ބައެއްގެ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ މައްސަލަ ތަހުގީގު ކުރިޔަސް މައްސަލައެއް ނެތް ކަމަށް އަސްހަދު ވިދާޅުވެއްޖެ އެވެ.

ރެއިން ފެށިގެން މިހާތަނަށް ހަތަރު އޯޑިއޯއެއް ލީކުވެފައިވާއިރު ފުރަތަމަ އޯޑިއޯގައި އެ ދެބޭފުޅުން ކަމަށް ބެލެވޭ ދެމީހަކު ދައްކާ ވާހަކައެއްގައި އަލީވަހީދު ކަމަށް ބެލެވޭ މީހާ ވަރަށް ހުތުރުކޮށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އެއްޗެހި ކިޔައެވެ.

މި މައްސަލަ ހޫނުވެފަ ވަނިކޮށް މިއަދު ލީކުވި އޯޑިއޯގައި ދައްކަނީ އަށް ލައްކަ ޑޮލަރުގެ ކޮރަޕްޝަންގެ ވާހަކަ އަކާއި ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ހޯދާ ވާހަކައެކެވެ. މި ވާހަކަތަކުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް ނިސްބަތްކޮށްވެސް ވަރަށް ހުތު ބަހުން މުހާތަބު ކުރެ އެވެ.

މިކަމާ ގުޅިގެން އަސްހަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯޑިއޯ އަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. ބްލެއިކް މެެއިލް ކުރެވޭނީ ކުރެވޭވަރު މީހުން ކަމަށާއި ތަހުގީގު ކުރުމުން ހުރިހާކަމެއް ސާފު ވާނެ ކަމަށް އަޑުބަރޭ ވިދާޅުވެފައިވެ އެވެ.

އިތުރަށް ވިދާޅުވެފައިވަނީ އެ އޯޑިއޯތަކަކީ އެފްއޭއެމްގެ އިންތިހާބަށް ބައްސާމް އަލީ ޖަލީލްއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުކުމެދާނެ ކަމުގެ ބިރަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) އިސްވެ ހުރެ ސިޔާސީ ބަޔަކާއި ގުޅިގެން ހިންގާ ގޭސްގަނޑެއް ކަމަށެވެ.

https://twitter.com/ashadh_ali/status/1228888683618631681

ލީކުވި އޯޑިއޯ ތަކާއި ގުޅިގެން އަލީ ވަހީދުވެސް ވިދާޅުވީ އެއީ ސައްހަ އޯޑިއޯ ތަކެއް ނޫންކަމަށެވެ. އޭނާ އެހެން ވިދާޅުވެ ޓުވީޓު ކުރެއްވި ފަހުން އާންމު ކުރި އޯޑިއޯއެއްގައި އަލީ ވަހީދުކަމަށް ބުނާ މީހަކު ވަނީ ފޯނުން ޓްރާންސްޕޯޓު މިނިސްޓަރު އަިޝަތު ނަހުލާއަށް ގުޅާ ފުރައްސާރަ ކުރާ ގޮތަށް ވާހަކަ ދައްކާފަ އެވެ.

މި މައްސަލައިގަ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް