ކުރީގެ ލަވަ ކިޔުންތެރިޔާ މުހުތާރު ހޯދަން އިއުލާނުކޮށްފި

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. އުމުރުން48 އަހަރުގެ މުހުތާރު ހޯދަން ފުލުހުން އިއުލާނު ކުރީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ....

16 Feb 2020 | 09:25

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

އުމުރުން48 އަހަރުގެ މުހުތާރު ހޯދަން ފުލުހުން އިއުލާނު ކުރީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯވެސް އާންމު ކޮށްފަ އެވެ.

ފުލުހުން ބުނީ މާލެ ދަފްތަރު ނަންބަރު 8882 މުހުތާރު ހޯދަމުން ދަނީ ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކަމަށެވެ.

ނަމަވެސް މުހުތާރު ހޯދަމުން ދަނީ ކޮން މައްސަލަ އަކާ ގުޅިގެން ކަމެޢް އަދި ފުލުހުން ހާމަ އެއް ނުކުރެއެވެ.

މުހުތާރަކީ ކުރީގައި ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ފަންނާނެކެވެ. އަދި އާންމުންގެ މެދުގަ މަގުބޫލު ގިނަ ލަވަތަކެއް އޭނާ ކިޔައިދީފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް