އިންޑޮނީޝިއާއަށް ދިޔަ ދިވެހިންތަކެއް ހައްޔަރު ކުރި މައްސަލައެއް ބަލަނީ

މެލޭޝިޔާ މަގުން އިންޑޮނީޝިއާއަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ ހައްޔަރު ކުރީ34،36،39 އަދި46 އަހަރުގެ ފިރިހެނުން ކަމަށެވެ. އެމީހުން މިހާރު ވަނީ ދ...

16 Feb 2020 | 07:43

މެލޭޝިޔާ މަގުން އިންޑޮނީޝިއާއަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރީ34،36،39 އަދި46 އަހަރުގެ ފިރިހެނުން ކަމަށެވެ. އެމީހުން މިހާރު ވަނީ ދޫކޮށްލާފ އެވެ،

އިއްޔެ އެ ހަތަރު މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. އެމީހުން ހައްޔަރު ކުރީ މިމަހުގެ13 ވަނަ ދުވަހު އެވެ.

އެ މީހުން ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ކަމާ ގުޅުން ހުރި އިދާރާތަކުން ފުލުހުންނަށް ދިން އެ މައުލޫމާތާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް