ކުއްލިއަކަށް ގިނަ ރަށްތަކަކަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި

ފެނަކަ ކޯޕަރޭޝަނުން އަތޮޅު ތެރޭގައި ހިދުމަތްދޭ ގިނަ ރަށްތަކަކަށް ކުއްލިއަކަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި އެވެ. މިދިޔަ މަހުގެ30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަތް ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަ...

16 Feb 2020 | 06:50

ފެނަކަ ކޯޕަރޭޝަނުން އަތޮޅު ތެރޭގައި ހިދުމަތްދޭ ގިނަ ރަށްތަކަކަށް ކުއްލިއަކަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި އެވެ.

މިދިޔަ މަހުގެ30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަތް ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އިންޖީނު ފޮނުވާފަވެ އެވެ. އެއީ އައްޑޫ ސިޓީ، ށ. ކޮމަންޑޫ، ހދ. ނޮޅިވަރަމް، ގއ. މާމެންދޫ، ބ. ދަރަވަންދޫ އަދިއެ އަތޮޅު ގޮއިދޫގެ އިތުރުން ގއ. ކަނޑޫހުޅުދޫ އެވެ.

ފެނަކައިން ބުނީ އެ ރަށްރަށަށް މުޅިން މުޅިން އާ ޖަނަރޭޓަރު ފޮނުވަން ނިންމީ އެ ރަށްރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.

https://twitter.com/TeamFenaka/status/1226479678011011074

އެންމެ ފަހުން އިއްޔެ ޖަނަރޭޓަރު ފޮނުވީ އައްޑޫ ސިޓީ އާއި ށ. ކޮމަންޑޫއަށެވެ. އައްޑޫ ސިޓީއަށް ފޮނުވާފައިވަނީ ދެ މެގަ ވޮޓުގެ ދެ ޖަނެރޭޓަރެވެ. މި ޖަނަރޭޓަރު ތަކަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންދިޔަ ޖަނަރޭޓަރުތަކެކެވެ.

ށ. ކޮމަންޑޫއަށް ގެންދިޔައީ400 ކިލޯވޯޓުގެެ ޖަނަރޭޓަރެކެވެ. ފެނަކައިން ބުނީ ޖަނަރޭޓަރުތައް އެ ރަށްރަށަށް ގެންދެވުނުހާ އަވަހަކަށް އިންސްޓޯލްކޮށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ޖަނަރޭޓަރުގެ އިތުރުން މި މުއްދަތުގަ ތިން ރަށަކަށް ވަނީ އާ ފެން ޕްލާންޓުތަކެއްވެސް ފޮނުވާފަ އެވެ.

https://twitter.com/TeamFenaka/status/1227177332097482752

ފެނަކައިން މީގެ ކުރިން ބުނެފައިވަނީ މިއަހަރު ތެރޭގައި އެ ކުންފުނިން އިންޖީނުގެ ހިންގާ30 ރަށެއްގައި އާ އިންޖީނުގެތަކުގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް