ރޭގަ މަރުވީ ގަސްދުގަ ސައިކަލެއްގަ ޖައްސާ އެކްސިޑެންޓު ކުރި މީހަކު

ރޭ މާލޭގައި ޒުވާނަކު މަރުވީ އެހެން ސައިކަލެއްގައި ގަސްދުގައި ޖައްސާ އެކްސިޑެންޓު ކުރި ހާދިސާއެއްގަ ކަމަށް ފުލުހުން ބުނެފި އެވެ. މިހާދިސާގައި މަރުވީ ހ. ބްލޫބާޑުގޭ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަ...

16 Feb 2020 | 05:48

ރޭ މާލޭގައި ޒުވާނަކު މަރުވީ އެހެން ސައިކަލެއްގައި ގަސްދުގައި ޖައްސާ އެކްސިޑެންޓު ކުރި ހާދިސާއެއްގަ ކަމަށް ފުލުހުން ބުނެފި އެވެ.

މިހާދިސާގައި މަރުވީ ހ. ބްލޫބާޑުގޭ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތެވެ.

ފުުހުން ބުނީ އެ އެކްސިޑެންޓު އޭނާ ކުރީ ރޭ ގާތްގަނޑަކަށް10:30 ހާއިރު ބުރުޒު މަގުގައި އެވެ. މިދުހަތު މަރުވެފައިވަނީ އަމިއްލައަށް ކުރި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު1:45 ހާއިރު އެވެ.

ފުލުހުން ބުނީ އޭނާ ގަސްދުގައި ޖެއްސި ސައިކަލުގައި ތިބީ 31 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ އަންހެނެއް ކަމަށެވެ. މި އެކްސިޑެންޓު ކުރުމުން އެމީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ.

ލިބުނު އަނިޔާތަކަށް އަންހެން މީހާއަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުގައި އެވެ. ފިރިހެން މީހާއަށް ފަރުވާ ދޭން ގެންދިޔައީ އޭޑީކޭއަށެވެ.

ފުލުހުން ބުނިގޮތުގައި، ސައިކަލް ދުއްވަން ތިބި ދެ މީހުންގެ އަތުގައި ވެސް ލައިސަންސެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވި މިދުހަތަކީ ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒް (މަފާ)ގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކެކެވެ. މި މައްސަލައިގަ އިތުރު ދެމީހަކަށްވެސް ދައުވާ ކުރެއެވެ. އެކަމަކު މި ތިން މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ ކުއްލިއަކަށް ބޭއްވި އަޑުއެހުމަކަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް