ބަނގުރާފުޅިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ...

16 Feb 2020 | 05:25

ހުޅުމާލޭގައި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ އަތުގައި އޮތް ފޮށިގަނޑާއި ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ބަލާ ފާސްކުރި ކުރުމުން ބަނގުރާކަމަށް ބެލެވޭ ދިޔާއެއްޗެއް ހުރި 20 ފުޅި ފެނިފައިވެއެވެ.

އޭނާ ބަލާ ފާސްކުރީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުރި މީހަކު ފޮށިގަނޑެއްގައި ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ ދަންވަރު 02:38އެހާކަންހާއިރު ލިބުމުން ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލެ އަދި މާފުށިން ދޭތެރެ ދޭތެރެއިން ބަނގުރަލާއެކު މީހުން ހައްޔަރުކުރެއެވެ. ހާއްސަ ގޮތެއްގައި ހަފްތާ ބަންދުތަކުގައި މިފަދަ މައްސަލަތައް ގިނަކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް