ކައުންސިލް އިންތިހާބަށް ކުރިމަތިލާން ބާކީ ހަތަރު ދުވަސް، ހުށަހެޅީ 141 ފޯމު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހޭ މުއްދަތު ހަމަވާން ކައިރިވެފަވާއިރު މިހާތަނަށް ހުށަހެޅީ އެންމެ141 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފ...

16 Feb 2020 | 04:07

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހޭ މުއްދަތު ހަމަވާން ކައިރިވެފަވާއިރު މިހާތަނަށް ހުށަހެޅީ އެންމެ141 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ އިންތިހާބާއި އެކު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވާދަ ކުރުމުގެ މުއްދަތު ހަމަވާނީީ މިމަހުގެ24 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދެ އިންތިހާބުގަ ވާދަ ކުރަން މިހާތަނަށް ހުށަހެޅީ191 ފޯމު ކަމަށެވެ. އެއީ ކައުންސިލް އިންތިހާބަށް141 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގަ ވާދަ ކުރަން50 ފޯމެވެ.

އެ ކޮމިޝަނުން ބުނީ ސުންގަޑިއަށް ސަމާލުކަން ދީ ވަގުތު އޮއްވަ ފޯމު ހުށަހެޅުމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީން ވަނީ ޕްރައިމަރީ ބާއްވާ ނިންމާފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އެމްޑީޕީ ޕްރައިމަރީ ބާއްވާނީ މާދަމާ އެވެ.

މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވާދަ ކުރާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމެއް ނޭނގެ އެވެ.

މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް980 ކެންޑިޑޭޓުން އިންތިހާބު ކުރާއިރު އަންހެނުންގެ ކޮމިޓީތަކަށް930 މެންބަރުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް