ރެއިން ފެށިގެން، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ(އަޑުބަރޭ) އާއި ދެމެދު ދެކެވޭ ވާހަކަތަކެއްގެ އޯޑިއޯތަކެއް ލީކުވަމުން އަންނައިރު މިއަދުގެ ވަގުތެއްގައި އެ ލީކު ސިލްސިލާގެ ހަތަރުވަނަ އޯޑިއޯ ލީކު ކޮށްލައިފިއެވެ.
ޓްވިޓާ ހޭންޑަލަކުން ލީކު ކުރަމުން އަންނަ އޯޑިއޯތަކުގެ ތެރެއިން ފުރަތަމަ އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު، ހެލްތު މިނިސްޓަރު އަމީންއަށް އެއްޗެހި ކިޔާ ވަރަށް ބޮޑަށް ފާޑުކިޔާ އެ މިނިސްޓަރު ވަރަށް ދަށްކޮށްލައެވެ. ދެވަނަ އޯޑިއޯގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ހަމަ އެވަރަށް އެއްޗެހި ކިޔައެވެ. ތިންވަނަ އޯޑިއޯގައި ޓްރާންސްޕޯޓް މިނިސްޓަރާ ބަދުއަހުލާގީ ވާހަކަތަކެއް ނުސީދާ ގޮތެއްގައި ދައްކަވައެވެ.
ހަތަރުވަނަ އޯޑިއޯ ލީކުކޮށްލާފައިވާއިރު ދެކެވެނީ ކޮންމެވެސް ޑީލެއްގެ ވާހަކައެވެ. އެ ޑީލްގެ މައްސަލަ ޕޮލިސް ކޭސްއަކަށް ވެދާނެ ކަމުގެ ވާހަކައެވެ. އަދި އެ ޑީލްގައި އަށް ލައްކަ ޑޮލަރުގެ ކަޓެއް ނަގާވާހަކަވެސް ދައްކައެވެ.
މިނިސްޓަރު އަލީ ވަހީދުގެ މިފަދަ އޯޑިއޯތަކެއް ލީކުވެފައިވާއިރު މި އޯޑިއޯތަކަކީ ޝައްހަ ނޫން އޯޑިއޯތަކެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން އެއީ އަބުރު ކަތިލުމަށް ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށާއި ހައްގަށް ނަސްރު ލިބޭނެ ކަމުގައި މިނިސްޓަރު އަލީ ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް