މިއަދުން ފެށިގެން ހުޅުމާލޭ ބާބަކިއު ސަރަހައްދު ބަންދު ކުރަން ނިންމައިފި އެވެ.
ހައުސިން ޑީވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ސަރަހައްދު ބަންދު ކުރަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާ ފުރަތަމަ ފިޔަވަހި ގުޅުވައިދޭ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެ ކުންފުނިން ބުނީ ބާބަކިއު ހަދަން އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ހުރިހާ ސާމާނެއް ނަގައި ތަން ހުސް ކުރާނެ ކަމަށެވެ.
އަލުން ހުޅުވާނެ ވަކި ތާރީހެއް ބުނެފައެއް ނުވެ އެވެ.
ހުޅުމާލޭ ބާބަކިއު ސަރަހައްދަކީ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ކުރަމުންދާތާ ކައިރި އެވެ. ބްރިޖުގެ މަސައްކަތް ނިންމާ ހުޅުވޭނެ ކަމަށް އެޗްޑީސީން ބުނެފައިވަނީ އަންނަ އޭޕްރިލް މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް