"ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ބާއްވައި ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފި

ބޭންކް އޮފް މޯލްޑިވްސްގެ 200 މުވައްޒަފުންނާ އެކު "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ބާއްވައި ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ. މިއީ މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތް...

16 Feb 2018 | 17:31

ބޭންކް އޮފް މޯލްޑިވްސްގެ 200 މުވައްޒަފުންނާ އެކު "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ބާއްވައި ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.

މިއީ މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ.

މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކު ކުރިމަތިން ފެށި ދުވުން ނިންމާލީވެސް ސެންޓްރަލް ޕާކު ސަރަހައްދަށެވެ. ދުވުން ނިންމާލުމަށްފަހު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލްސް އާއި ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަނަށް ފައިސާގެ އެހީ ގޮތުގައި ބޭންކުންވަނީ  އެ ޖަމްއިއްޔާތަކަށް 90،000 ރުފިޔާ ދީފައެވެ. ބޭންކުގެ ފަރާތުން ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ.

އަހަރެންގެ ބޭންކް ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރާގޮތުގައި މި ޕްރޮގްރާމުގެ ދަށުން ފެބްރުވަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރުތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް