މިއަދުގެ ހުކުރު ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި އިއްޔެ ހާމަކުރީއްސުރެ ގިނަ ބަޔަކު އަންނަނީ ހުތުބާފައިވާ ބައެއް ކަންކަމަށް ފާޑު ކިޔަމުންނެވެ. ހުތުބާގެ މައުލޫ އަކީ "ޙާކިމާ (ވެރިމީހާ) އަކީ ނިއުމަތެއް" ކަމުގައިވާއިރު ހުތުބާގައިވާ ބައެއް ހަދީސްތަކުގެ މާނައާއި ބައެއް އިތުރު ތަފްސީލުތަކާއި ބެހޭގޮތުން ދީނީ އިލްމުވެރިންވެސް ފާޑު ކިޔައި އެކަން ކަން ރަނގަޅު ކުރުމަށް ގޮވާލާފައި ވެ އެވެ.
މިއަދު ހުކުރު ހުތުބާ ކީ އިރު، ކުރިން އާންމު ކުރި ހުތުބާއިން ބައެއް ހަދީސް އުނިކޮށް އަދި ބައެއް ހަދީސްގެ މާނައިގެ އިތުރު ތަފްސީލު އުނިކޮށްފައި ވެ އެވެ. އަދި ހުތުބާގެ ބައެއް ތަންތަންކޮޅަށް ބަދަލުވެސް ގެނެސްފައި ވެ އެވެ.
އެގޮތުން "ﷲ ބަޔަކަށް ހެޔޮކަމަކަށް އިރާދަ ކުރައްވައިފި ނަމަ، އެބައެއްގެ މައްޗަށް ހެޔޮ ލަފާ މީހުން ވެރިން ކަމުގައި އިސްކުރައްވާނެތެވެ." މި ހަދީސްގެ މާނަ އުނިކޮށްފައިވާއިރު،
"އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި އެއްވެސް ޒަމާނެއްގައި، އެއްވެސް ގައުމެއްގައި، ވެރިއަކު ނެތި ގައުމު ގަޑުބަޑުވަން މީސްތަކުން ދޫކޮށްލައްވާފައެއް ނުވެއެވެ. ގައުމެއްގައި (ހެޔޮލަފާ) <:"ހެޔޮ ލަފާ" މި ބަހަކީ ކުރިން އާންމުކުރި ހުތުބާގައި ނެތް ބަހެކެވެ.
"އެ ހަދީސްގެ މާނައިގެ އިތުރު ތަފްސީލަށް އަލި އަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ ވެރިމީހާއާ ދެކޮޅުހަދައި ދެބަސްވެ ހުރުމަކީ މަނާކަމެއް ކަމުގައި މަތީގައިވާ ހަދީސްގެ ބަސްފުޅުން އެނގޭ ކަމަށެވެ." މިބައިވެސް ހުތުބާއިން އުނިކޮށްފައި ވެ އެވެ.
"އެހެންކަމުން ވެރީންނަށް އެއްޗެހި ގޮވުމަކީ ދީން ހުއްދަކުރާ ކަމެއް ނޫނެވެ، އެމީހުންގެ މައްޗަށް ބަދުދުއާ ކުރުމަކީ މަނާކުރާ ކަމެކެވެ" މި ބައިވެސް އުނިކޮށްފައި ވެ އެވެ.
މީގެ އިތުރުން ހާކިމާއަށް ކިޔަމަންވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމުގައި ބަޔާންކޮށްފައިވާ ޖުމްލަ "އުރެދުމަކަށް ނުވާ ކަންކަމުގައި ހާކިމާއަށް ކިޔަމަންވވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ" މިހެން ބަދަލުކޮށްފައި ވެ އެވެ.
ހުތުބާ ގިނަ ބަދަލުތަކާއި އުނި އިތުރު ކުރުންތަކާއެކު ކިޔާފައިވާއިރު ބައެއް ދީނީ އިލްމުވެރިން ވަނީ ހުތުބާ ސިޔާސީ ނުކުރުމަށް ގޮވާލާފައި އެވެ.
ބަދަލު ތަކަކާއެކު ހުތުބާ ކިޔާފައިވީނަމަވެސް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި އަދިވެސް އަޕްލޯޑް ކޮށްފައިވަނީ ބަދަލު ގެނެސްފައިނުވާ ހުތުބާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް