ކަތި ނަޒަރުގެ އެންމެ 30 ސިކުންތުގެ ވީޑިއޯއަކުން ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޕްރިޔާ ވާރިއާ މިވަނީ ބޮލީވުޑް ބަތޮލާ ސަނީ ލިއޯނީގެ މައްޗަށްވެސް ކުރި ހޯދާފަ އެވެ.
އެއީ ގޫގަލް ސާޗްގައި އެންމެ ގިނައިން އެ ސެލެބްރިޓީއެއްގެ ނަން ސާޗްކުރި ސެލެބްރިޓީގެ މަގާމު ޕްރިޔާ އަށް ލިބުމުންނެވެ. މީގެ ކުރިން އެ ލަގަބު އޮންނަނީ ސަނީ ލިއޯނީ އަށެވެ.
ޕްރިޔާ ފިލްމި ދާއިރާއަށް ނިކުތް މަލަޔާލަމް ފިލްމު "އޯރު އަދާރު ލަވް"ގެ އެންމެ މަންޒަރަކުން ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޕްރިޔާ އަށް އިންސްޓަގްރާމްގައި އެއް ދުވަހުގެ ތެރޭގައި ހަ ލައްކައަށްވުރެ ގިނަ ފޮލޯވާސްވެސް ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް