އައިޑަލް ފުރަތަމަ އޮޑިޝަން: އެންމެ ފާހަގަކުރެވުނީ ޖަޖު ޒާރާގެ ތަފާތުކަން އަދި ގޯލްޑަން މައިކް ލިބުނު ޝައިނާ !

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މާލޭ އޮޑިޝަންގެ ފުރަތަމަ ޝޯ ރޭ ދައްކާފައިވާއިރު މިއީ ދުވަސް އިން ގެނެސްދޭ މިނިވަން ރިވިއު އެކެވެ. ޝޯ ފެށިގެން އައިސް ޝޯގެ ހަތަރު ޖަޖުން ކަމުގައިވާ އިސްމާއިލް އައް...

16 Feb 2018 | 04:45

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މާލޭ އޮޑިޝަންގެ ފުރަތަމަ ޝޯ ރޭ ދައްކާފައިވާއިރު މިއީ ދުވަސް އިން ގެނެސްދޭ މިނިވަން ރިވިއު އެކެވެ.

ޝޯ ފެށިގެން އައިސް ޝޯގެ ހަތަރު ޖަޖުން ކަމުގައިވާ އިސްމާއިލް އައްފާން، ޒާރާ މުޖްތަބާ، މަރިޔަމް އުނޫޝާ (ކިޑީ) އަދި އަހުމަދު އިބްރާޙިމް (އައްމަޑޭ) ފެނިގެންދާ މަންޒަރުތަކަށް ބަލާލާއިރު އައްފާން ފެންނަ މަންޒަރު އޮޑްކަން ފާހަގަ ކުރެވުނެވެ. ކޮންޓެއިނަރ ތަކެއްގެ މަތީގައި އައްފާން އިށީނދެ އިން އިރު މަންޒަރު އެހާ "ރީތި ނޫންކަން" ފާހަގަ ކުރެވުނެވެ.

އެއަށްފަހު މި ފަހަރު ސީޒަންގައި އަލަށް ތައާރަފްވެގެންދިޔަ ޖަޖު ޒާރާ މުޖްތަބާގެ ތައާރަފެއް އައެވެ.

"މުޅިން އަލަށް ޒާރާ މުޖްތަބާ، ރާއްޖޭގެ މިއުޒިކް ސީންގަ ޒާރާ އެންމެ ފުރަތަމަ ވިދާލީ ޑިމްބަ މިއުޒިކްގެ ލީޑް އަދި ބެކިންގ ވޯކަލިސްޓެއްގެ ގޮތުގަ، ދިވެހި މިއުޒިކް އިންޑަސްޓްރީގެ 13 އަހަރު ހޭދަކޮށްފައިވާ ޒާރާ އަންނަނީ ބައިނަލްއަގްވާމީ، ގައުމީ އަދި އެނޫންވެސް ޕްލެޓްފޯމްތަކުގައި މޮޅު ހުށަހެޅުންތަކެއް ހުށަހަޅައިދެމުން. 2009 ވަނަ އަހަރާ 2010 ވަނަ އަހަރު ޒާރާ ވަނީ ސޯލޯ އަލްބަމް "ކޮޔާ" އަދި "ނާޗަރަންގީ" ޝޯގެ އެއް ހޯސްޓް، މޫސާ ވަސީމްގެ އަޑުން ޒާރާގެ އިންޓްރޯއެއް ދިނެވެ.

މުޅި އެޕިސޯޑްގައި ފާހަގަ ކުރެވިގެންދިޔަ ބައެއް ކަންކަމަށް ދެން ބަލައިލާނަމެވެ.

އަބަދުވެސް ފާހަގަކުރެވޭ އެއް ކަމެއް ކަމުގައިވާ ކިޑީގެ "ދިވެހި އިނގިރޭސި މަސްހުނިކޮށް" މި ފަހަރުވެސް އިންތިހާއަށް ގިނަ އެވެ. ބައިވެރިވި ކުދިން ރަސްރަނި ބަގީޗާގައި އުޅުނު ގޮތް ދައްކުވައިދިނުމުގައްޔާއި މުޅި ޝޯގައިވެސް ވީޑިއޯގްރަފީ ރަނގަޅުކަމުގައި ފާހަގަ ކުރެވުނެވެ. ކިޑީގެ ތަފާތު "ސްޓައިލް" މިފަހަރުވެސް ފާހަގަކުރެވިގެންދިޔައިރު ޖަޖުންގެ ބެކްގްރައުންޑުން ފެންނަ މާލެ ސިޓީ ބެކްޑްރޮޕްގައި ފެންނަ ބެންކް އޮފް މޯލްޑިވްސްގެ އިމާރާތުން ފެންނަ "ރަތްކުލަ" "ޕިންކް ކުލައަށް" ބަދަލުވެފައިވާކަން ފާހަގަ ކުރެވުނެވެ. "ކުޑަކޮށް ސިޔާސީ ކުލަ ޖައްސައިލީ ކަމަށް" ވެދާނެ އެވެ.

ޝޯއިން ނުފެންނާނެހެން ހީވީ ހޯސްޓް މޫސާ ވަސީމް ފެނިގެން ދިޔައިރު ޝޯގެ އަންހެން ހޯސްޓް ޝާއިނާ ޝަރީފް ފެނިގެން ގޮސްފައިވަނީ ދޭއް ނުވަތަ ތިން ފަހަރު އެވެ.

އައްފާންގެ ސެންސް އޮފް ހިއުމަރ، އައު ޖަޖު ޒާރާ ނެގިމަޑުވެފަ އިންނަ އިނުން ފާހަގަވެގެން ދިޔައިރު އައު އެހެން ޖަޖުންނާ އަޅާ ބަލާއިރު އައު ޖަޖު ޒާރާގެ ތަފާތު ކަމެއް ފާހަގަ ކުރެވިގެން ދިޔަ އެވެ. އެއީ ކޮންމެ ހުށަހެޅުމެއް ނިމުމުން ޖަޖުން ކޮމެންޓް ކުރާއިރު ބައިވެރިންނަށް ކޮންމެވެސް މިންވަރެއް ޒާރާ ބުނެދޭ ކަމެވެ. ގޯސްވީ ކޮންކަމެއްކަން "އަނގަ ހުޅުވަންވީ ކަމާއި" މިފަދަ ކުދި ކުދި ކަންކަންވެސް ބުނެދިން ކަމެވެ. އެހެން ޖަޖުންގެ ފަރާތުން ބުނެދިނުމުގެ ބައި ފެނުނުލެއް މަދެވެ.

އެޕިސޯޑްގައި އެންމެ ފާހަގަކޮށްލެވިގެންދިޔަ އަނެއް ކަމަކީ ކުރީގެ ދެ ސީޒަނުގައިވެސް ތައާރަފްކޮށްފައިނުވާ "ގޯލްޑައިން މައިކް" ތައާރަފް ވެގެން ދިއުމެވެ.

މި ގޯލްޑަން މައިކް ރޭގެ އެޕިސޯޑްގައި ލިބުނީ، އަންމަޑޭގެ ބަހުން ނަމަ ސްކޫލު ލަވަކިޔުމުގެ މުބާރާތުގައި "ހެޓްރިކް" ހަދާފައިވާ އުމުރުން 16 އަހަރުގެ އައިމިނަތު ޝައިނާ އަށެވެ. ޖަޖުން ހާމަކުރި ގޮތުގައި ގޯލްޑަން މައިކް ލިބޭ ބައިވެރިއަކު ފުރަތަމަ ބުރު "ކްރޮސް" ކޮށް އޮޓޯއިން ދެވަނަ ބުރަށް ދާނެ އެވެ.

20 އަށްވުރެ ގިނަ ބައިވެރިންގެ ހުށަހެޅުން ރޭގެ އެޕިސޯޑްގައި ގެނެސްދީފައިވާއިރު އޭގެ ތެރެއިން 12 ބައިވެރިއަކަށް "ގޯލްޑަން ޓިކެޓު" ލިބުނެވެ.

ރޭގެ އެޕިސޯޑް ނިންމާލީ މާލޭ އޮޑިޝަންގެ ދެވަނަ ސޯއެއް ނުވަތަ އެޕިސޯޑެއް މިރޭ އޮންނާނެ ކަމަށް އިއުލާނު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް