ހުޅުމާލޭގައި ދުއްވާ އުޅަނދު ތަކުގައި ޖަހަންޖެހޭކަމަށް ބުނި ސްޓިކާ ނުވިއްކަން ނިންމައިފި

ހުޅުމާލޭގައި ދުއްވާ ހަތަރު ފުރޮޅަކީ އުޅަނދު ތަކުގައި ސްޓީއެއް ޖަހައިގެން ދުއްވަންޖެހޭ ގޮތަށް ނިންމުމަށް ފަހު އެ ނިންމުން ބާތިލްކޮށްފި އެވެ.. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ން މިމަހުގެ 1...

16 Feb 2017 | 08:38

ހުޅުމާލޭގައި ދުއްވާ ހަތަރު ފުރޮޅަކީ އުޅަނދު ތަކުގައި ސްޓީއެއް ޖަހައިގެން ދުއްވަންޖެހޭ ގޮތަށް ނިންމުމަށް ފަހު އެ ނިންމުން ބާތިލްކޮށްފި އެވެ..

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ން މިމަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ދުއްވާ އުޅަނދުތަކުގައި އެ ކޯޕަރޭޝަނުން ވިއްކާ ސްޓިކާއެއް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖަހަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިއަދު އެ ކުންފުނިން ވަނީ އެ އިއުލާނު ބާތިލްކޮށްފަވާ ކަމަށް ބުނެ ފައި އެވެ.

ކުރިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ސްޓިކާ އަކީ 50 ރުފިޔާ ދައްކައިގެން ކޮންމެ އަހަރކު އެއްފަހަރު ގަންނަން ޖެހޭ އެއްޗެއް ކަމަށެވެ. އެކަމަކު މި ނިންމުން ބަދަލު ކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެޗްޑިސީގެ އެ ނިންމުމާއި ގުޅީގެން ޓްރާންސްޕޯޓު އޮތޯރިޓިން ވަނީ އެ ސްޓިކާ ވިއްކަން ނިންމި އުސޫލުގެ ތަފްސީލް ހާމަ ކޮށްދޭން އަންގާފައި އެވެ.

ހުޅުމާލޭގައި އާބާދީ އިތުރު މިހާރު ގިނަ އަދަދެއްގެ އުޅަނދުތައް އެ ރަށުގައި ދުއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް