އަންހެނަކު ގަދަކަމުން އެހެން ތަނަކަށް ގެންދަން އުޅުނު ޓެކްސީ ޑްރައިވަރަކީ ބީރު މީހެއް ކަމަށް އެ ޓެކްސީގެ ސެންޓަރުން ބުނެފި އެވެ.
ޓެކްސީގެ ހިދުމަތްދޭ ފައިން ޓެކްސީ (1414)ގެ އެ ޑްރައިވަރު ވަނީ ގަދަކަމުން ބުނި ތަން ނޫން އެހެން ތަނަކަށް އެ އަންހެން މީހާ ގެންދަން މަސައްކަތް ކޮށްފައި ކަމަށްވެ އެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށް ފުލުހުން ބުނެ އެވެ.
އެ ސެންޓަރުން ވާހަކަދެއްކި އޮފިޝަލަކު ބުނީ އެ އަންހެން މީހާ އެހެން ތަނަކަށް ގެންދެވުނީ ކީ އެއްޗެއް ނޭނގިގެން ކަމަށެވެ. އަދި ބުނީ އެއީ އެ ޑްރައިވަރު ނުބައި ނިޔަތުގައި ކުރިކަމެއް ނޫންކަމަށާއި އެކަން އެހެންވީ އަޑު އިވުމުގައި މައްސަލަ ހުންނަ މީހަކަށްވާތީ ކަމަށެވެ.
ފައިން ޓެކްސީގެ އޮފިޝަލް ބުނީ އެއަންހެން މީހާ ދާން ބޭނުންވެގެން ބުނީ ގ.ބެރިންމަދޫ ގެއަށް ކަމަށާއި ޑުރައިވަރު ހީކުރީ މޭރީބުރައުންއޭ ބުނީ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޑްރައިވަރަކީ އަޑު އިވުމުގެ މައްސަލަ ހުންނަ މީހަކަށްވާތީ ކަންފަތަށް އިންނާނީ އެއްޗެއްވެސް ލައްވާފައި ކަމަށެވެ. އަދި ސެންޓަރުން އަބަދުވެސް އެކަމަށް ސަމާލުކަން ދޭކަމަށާއި އެ ޑްރައިވަރު އެހާ ގިނަ އިރު މަސައްކަތް ނުކުރާނެ ކަމަށެވެ.
އެ ޑްރައިވަރަކީ އެ ސެންޓަރުގައި މަސައްކަތް ކުރާތާ ވަރަށް ދުވަސްވެފައިވާ މީހެކެވެ.
އެ ހާދިސާ މެދުވެރިވި އަންހެން މީހާ ވަނީ އެ ކަން ހިނގި ގޮތް ފޭސްބުކުގައި ލިޔެފައި އެވެ. އޭނާ ބުނީ ޑްރައިވަރު ގާތު އެތައް ފަހަރަކު ބުނުމުން މަޑު ނުކުރުމުން، ޓެކްސީ ދުއްވަނިކޮށް އޭނާ ދޮރު ހުޅުވީމާ ހުއްޓަން މަޖުބޫރުވީ ކަމަށެވެ. އަދި ފައިސާ ދޭށޭ ކިޔައި ޑްރައިވަރު ހަޅޭއްލެވުމުން ސީޓް މައްޗަށް ނޫޓު އެއްލާލާފައި ދުއްވައިގަތީ ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.
އަދި ނުބައި ދިމާލަކަށް ދާން ފެށުމުން ދާންވީ ސްޓެލްކޯ ކައިރިއަށް ކަމަށް ބުނުމުން ޑްރައިވަރު އަޅާނުލާ ދިޔައީ މޭރީބްރައުން ކައިރީ އަނދިރި ގަނޑާ ދިމާލަށް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް