އައްޑޫގައި އެމްބިއުލާންސެއްގެ ތެރޭގައި ބަލި މީހަކު ތާށިވެއްޖެ

އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާ ދޭން އެމްބިއުލެންސްގައި ގެނައި ބަލި މީހަކު އެމްބިއުލެންސްގެ ދޮރު ނުހުޅިވެގން ތާށީވެފައި އެބައޮތް ކަމުގައި އައްޑޫ ނޫހެއް ކަމުގައި އައްޑޫލައިވ...

16 Feb 2017 | 06:27

އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާ ދޭން އެމްބިއުލެންސްގައި ގެނައި ބަލި މީހަކު އެމްބިއުލެންސްގެ ދޮރު ނުހުޅިވެގން ތާށީވެފައި އެބައޮތް ކަމުގައި އައްޑޫ ނޫހެއް ކަމުގައި އައްޑޫލައިވް އިން ރިޕޯޓްކޮށްފި އެވެ.

ހޮސްޕިޓަލް ސަރަހައްދުގައި ހުރި "އައްޑޫލައިވް" ނޫސްވެރިއާ އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ބަލި މީހާ އެމްބިއުލެންސްއިން ބާލަން ދޮރު ހުޅުވަން މަސައްކަތްކޮށްކޮށް އެކަން ކާމިޔާބު ނުވިކަމަށެވެ.

ބަލި މީހާ އަދިވެސް އޮތީ އެމްބިއުލެންސް ތެރޭ، ދޮރު ނުހުޅުވޭ، ވަރަށް މަސައްކަތްކޮށްފި ދޮރު ހުޅުވަން" އެ ނޫހުގެ ނޫސްވެރިޔާއާ ހަވާލާދީ ބުނެފައި ވެ އެވެ.

ނޫސްވެރިޔާ އިތުރަށް ބުނެފައިވަނީ  ހޮސްޕިޓަލް މުވައްޒަފުންނަށް އެމްބިއުލެންސްގެ ދޮރު ނުހުޅުވުމުން ފެނަކަ ކޯޕަރޭޝަންގެ އެހީއަށް އެދިގެން އެތަނުގެ މުވައްޒަފުން އައިސް ދޮރު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް އަންނަނީ…..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް