ކ. ކާށިދޫ ނެރުމައްޗަށް އިއްޔެ އެރި ދޯންޏަކުން ލަކުޑިތަކެއް އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ކަނޑަށް އެޅުނު ގިނަ އަދަދެއްގެ ލަނކުޑިތައް އޮޔާދަނީ ބ. އަތޮޅާއި ދިމާއަށް ކަމަށެވެ. އެހެންވެ އެ ސަރަހައްދުން ދަތުރު ކުރާއިރު އާއި ހާއްސަކޮށް ރޭގަނޑު އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެ ދޯނި ކާށިދޫ ނެރުމައްޗަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށެވެ. ދޯނި ވަނީ ރޭ މެންދަމު 3:00 ހާއިރު ފުން ކުރެވިފައި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އުޅަނދަށް ވެސް ބޮޑު ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކާށދިޫ ފަރުމައްޗަށް އިއްޔެ ދޯންޏެއް އެރި އިރު އަންގާރަ ދުވަހު ވަނީ ކާށިދޫ ކަނޑަށް ދޯންޏެއް ބަންޑުން ޖަހާލާފައި އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑިއިރު ވެސް މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެތީ މެޓް އޮފީހުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް