ޓެކްސީ ޑްރައިވަރަކު އަންހެނަކު ގަދަކަމުން ތަނަކަށް ގެންދިޔަ މައްސަލަ ބަލަނީ

ރޭ މާލޭގައި ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން އެހެން ތަނަކަށް ގެންދަން އުޅުނު މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ އެ  މައްސަލަ ފުލުހުން ބަލ...

16 Feb 2017 | 05:37

ރޭ މާލޭގައި ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން އެހެން ތަނަކަށް ގެންދަން އުޅުނު މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ  މައްސަލަ ފުލުހުން ބަލަމުން ދަނީ އެފަރާތުން މައްސަލަ ހުށަހެޅުމުން ކަމަށެވެ.

އެ އަންހެން މީހާ ގެންގޮސްފައިވަނީ އޭނާ ގެންދަން ބުނި އެޑްރެހަކަށް ނޫނެވެ.

އަންހެން މީހާގެ އުމުރު ހާމަ ކޮށްފައި ނުވާއިރު އެމީހާ ގެންދިޔަ ތަނެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އޭގެ ފަހުން އަންހެން މީހާ އާއި މެދު އަމަލު ކޮށްފައިވާ ގޮތެއްވެސް ހާމައެއް ނުކުރެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ އިރާކޮޅެވެ. ފުލުހުން ބުނީ އަންހެނުންނާއި މެދު އަމަލުކު ކުރެވޭ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް