ޓީވީއެމް ކައިރީގައި މުޅިން އަލަށް ހުޅުވާފައިވާ ސްޕޯޓް ޕްލަސްއިން އެޗްޑީސީން ބާއްވާ ފުޓްބޯޅަ މުބާރާތަށް އާޑިޒައިން ތަކުގެ ޖޯޒީ ވިއްކަން ފަށައިފިއެވެ.
ކުޅިވަރު ގިނަ ސާމާނުތަށް ލިބެން ހުންނަ ސްޕޯޓްސް ޕްލަސްއިން އެޗްޑީސީގެ ފުޓްބޯޅަ މުބާރާތާއި ދިމާކޮށްގެން ގެންނަ އާ ޑިޒައިން ތަކުގެ ޖޯޒީތަކުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ފަންސަވީސް ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށާއި އަދިވެސް އިތު ޑިޒައިންތަކަކަށް އޯޑަރު ދީފައިވާކަމަށް އެފިހާރައިން ބުނެއެވެ.
" އަޅުގަނޑުމެން މިގެންނަ ބްރޭންޑްތަކުގެ ޖޯޒީ ތަކުން މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ފަންސަވީސް ޕަސަންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ. އަދިހަމައެހެންމެ ވަރަށް އަވަހަށް އިތުރު ޑިޒައިންތަކެއްވެސް ލިބޭނެ"އެ ފިހާރައިން ހާމަކުރެ އެވެ.
ކުޅިވަރުގެ ތަފާރު ސާމާނު ހުންނަ ސްޕޯޓްސް ޕްލަސްއިން ހެޔޮއަގުގައި ނަމާއި ނަންބަރ އަދި ލޯގޯ ޖަހާދޭކަމަށްވެސް އެފަރާތުން ހާމަ ކުރެއެވެ.
ސްޕޯޓްސް ޕުލަސްން ބުނީ އެ ފިހާރައިން ފޯރުކޮށްދޭ ކޮންމެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކަމަށް ހެދޭތޯ މަސައްކަތް ކުރާ ކަމަށާއި ފިހާރައާއި ގުޅޭ އިތުރު މައުލޫމާތު އެ ފިހާރައިގެ ފޭސްބުކް ޕޭޖުން ލިބޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް