އިންޑިއާގެ މަސްވެރި، ފަގީރު ސަރަހައްދެއްގެ ކޯރެއްގައި ފްލޯޓިން ސްކޫލެއް ގާއިމް ކޮށްފި އެވެ.
އިންޑިއާގެ މަނިޕޫރުގެ އިރު އުތުރުގައި އޮންނަ ލޮކްޓާކް ލޭކް ނަމަކަށް ކިޔާ ކޯރެއްގައި މި ސްކޫލު ބިނާކޮށްފައިވަނީ އެ ސަރަހައްދުގެ މަސްވެރީންގެ ޖަމިއްޔާއެއް ކަމުގައިވާ އޯލް ލޮކްޓާކް ލޭކް ފިޝަމެންސް ޔޫނިއަން އިންނެވެ.
މި ސްކޫލުގައި މިހާރު 25 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު އެ ޖަމިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދަކީ މަސްވެރި ސަރަހައްދަކަށްވެފައި އާއްމުންނަށް ލިބޭ އާމްދަނީ މަދުވުމުން ދަރިންގެ ތައުލީމަށް ދެވޭ އަހައްމިއްޔަތުކަން ކުޑަކަން ފާހަގަކުރެވޭއިރު މި ސްކޫލުގެ ސަބަބުން އެކަން ހައްލުވެގެންދާނޭ ކަމުގައި އުއްމީދު ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް