އަފްގާނުގައި ބޮމުގެ ހަމަލާގައި ޒަހަމްވި އެމިރޭޓްސްގެ އެމްބެސެޑަރު ނިޔާވެއްޖެ

މިދިޔަ މަހުގެ ތެރޭގައި އަފްގާނިސްތާނުގެ ގަވަރުނަރަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ޒަހަމްވި، އެކުވެރި އަރަބި އިމާރާތުގެ އެމްބެސެޑަރު ޖުމާ މުހައްމަދު އަބްދުﷲ އަލް ކާބީ، ނިޔާވެއްޖެ އެވެ. އެ ހަމަ...

16 Feb 2017 | 01:33

މިދިޔަ މަހުގެ ތެރޭގައި އަފްގާނިސްތާނުގެ ގަވަރުނަރަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ޒަހަމްވި، އެކުވެރި އަރަބި އިމާރާތުގެ އެމްބެސެޑަރު ޖުމާ މުހައްމަދު އަބްދުﷲ އަލް ކާބީ، ނިޔާވެއްޖެ އެވެ.

އެ ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އެމްބެސެޑަރު ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެ ހަމަލާ ދީފައިވަނީ އަފްގާންގެ ގަވަރުނަރުގެ ދައުވަތަކަށް، ރޭގަނޑުގެ ފަރީއްކޮޅަކަށް އެމިރޭޓްސްގެ ގަވަރުނަރު ވަޑައިގެން އުޅުއްވަނިކޮށެވެ. މި ހަމަލާގެ ސަބަބުން އެމިރޭޓްސް އެމްބެސެޑަރުގެ ބައެއް ހަށިފާރަވެރިންވެސް މަރުވެފައި ވެ އެވެ.

މި ހަމަލާގެ ތުހުމަތު ތާލިބާނުންނަށް ކުރި ނަމަވެސް މި ހަމަލާގެ ޒިންމާ ތާލިބާނުން އުފާލަފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް