އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ ގާއިމްކޮށްދެއްވާނެ ކަމުގައި ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ

އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ މަސަލަސްކަން ގާއިމްކޮށްދެއްވާނެ ކަމަށާއި އެހެންނަމަވެސް އެކަމަށް ހާއްސަ އެއްބަސްވުމަކަށް އައުން އޮތީ އެ ދެ ގައުމުގެ އަތްމަތީގައި ކަމުގައި އެމެރިކާގެ ރައީސް ޑޮނާލް...

16 Feb 2017 | 01:31

އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ މަސަލަސްކަން ގާއިމްކޮށްދެއްވާނެ ކަމަށާއި އެހެންނަމަވެސް އެކަމަށް ހާއްސަ އެއްބަސްވުމަކަށް އައުން އޮތީ އެ ދެ ގައުމުގެ އަތްމަތީގައި ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޑޮނާލްޑް ޓްރަމްޕް މިހެން ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ކުރިއަށްގެންދެވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޓްރަމްޕް ވިދާޅުވީ ރަނގަޅު ސުލްހައިގެ ޑީލް އަކަށް އެމެރިކާއިން އެދޭ ކަމަށާއި ނަމަވެސް އެފަދަ އެއްބަސްވުމަކަށް އައުމަށް އެ ދެ ގައުމުން މަޝްވަރާތައް ކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެން މިކަން ކުރިއަށްގެންދާނީ ވަރަށް ގަޔާވެ ރަނގަޅު ނަތީޖާއެއް ނެރުމުގެ ބޭނުމުގައި، ނަމަވެސް ނަތީޖާ ނެރެވޭނީ ދެ ގައުމުންވެސް އެއްބާރުލުން ދީގެން" ޓްރަމްޕް ވިދާޅުވި އެވެ. ފަލަސްތީނުން މިހާރު ގެންގުޅެމުން އަންނަ ރުޅިވެރިކަން ނައްތާލަން ޖެހޭ ކަމުގައިވެސް ޓްރަމަޕް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވީ އެއްބަސްވުމަކަށް އާދެވޭނީ ޔަހޫދީންގެ ދައުލަތަކީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުން ބަލައިގަނެ ޖޯޑަން ކޯރުގެ އައްސޭރިއާއި ހަމައަށް އޮތް ސަރަހައްދުގައި ސެކިއުރިޓީ ކަންކަމުގައި ފަލަސްތީނުން ދޫދީގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް