އުތުރު ކޮރެއާގެ ލީޑަރުގެ ބޭބެ މަރައިލި މައްސަލައިގާ އަންހެނަކު ހައްޔަރު ކޮށްފި

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން އުން ގެ ބޭބެ ކިމް ޖޮން ނަމް މަރާލާފައިވާއިރު އެ މައްސަލައިގާ އަންހެނަކު ހައްޔަރުކޮށްފައިވާކަމުގައި މެލޭޝިއާއިން ހާމަކޮށްފި އެވެ. މިދިޔ...

16 Feb 2017 | 01:24

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި، އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން އުން ގެ ބޭބެ ކިމް ޖޮން ނަމް މަރާލާފައިވާއިރު އެ މައްސަލައިގާ އަންހެނަކު ހައްޔަރުކޮށްފައިވާކަމުގައި މެލޭޝިއާއިން ހާމަކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު، ކިމް ޖޮން ނަމް މަރާލާފައިވަނީ ކިމް ޖޮން-ނަމް މަރާލާފައި ވަނީ ކުއާލަ ލަމްޕޫރުން މަކާއޫ އަށް ފުރަން ބޯޓަށް އަރަން ތައްޔާރުވެފައި ވަނިކޮށް ފަހަތުން މީހަކު އައިސް މޫނުގައި ފޮތިގަނޑެއް އަޅައިގެންނެނެވެ.

މެލޭޝިއާގެ ފުލުހުން ހާމަކޮށްފައިވާގޮތުގައި މި މައްސަލައިގާ އަންހެނަކު ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި ލިބުނު މައުލޫމާތު ތަކަށް ބުރަވެ އެކަން ކުރިކަމުގެ ތުހުމަތު ކުރެވޭ އަންހެންމީހާ އެއާޕޯޓް ތެރޭގައި އެކަނި އުޅެނިކޮށް ކަމަށެވެ. އެ އަންހެން މީހާގެ ނަމަކީ ޑޮއާން ތީ ހުއޮންގް ކަމުގައިވެސް މެލޭޝިއާގެ ފުލުހުން ބުނެފައި ވެ އެވެ.

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބެ މަރާލި މައްސަލައިގާ އިދިކޮޅު ދެކުނު ކޮރެއާއިން ބުނެފައިވަނީ އެ އަމަލަކީ އުތުރު ކޮރެއާއިން ދުރާލާ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެ ޖަރީމާ ހިންގާފައިވަނީ އުތުރުކޮރެއާގެ އަންހެން އޭޖެންޓުން ބޭނުން ކޮށްގެން ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބެގެ މަރާއި ބެހޭގޮތުން އުތުރު ކޮރެއާއިން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް