މާލޭގެ ގެސްޓް ހައުސް އަކަށް އުމުރުން ދުވަސްވީ ފިރިހެނަކު ގަދަކަމުން ވައްދައި އޭނާ އަތުން ފައިސާތަކެއް ފޭރިގެންފި އެވެ.
ފުލުހުން މިރޭ ބުނީ މި މައްސަލައިގަ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ41 އަހަރުގެ އަންހެނަކާއި34 އަހަރުގެ ފިރިހެނެކެވެ.
އެ ދެމީހުން އެމީހާގެ އަތުން ވަނީ4000 ދިވެހި ރުފިޔާ ފޭރިގަންފަ އެވެ. އެ ފައިސާ ފުލުހުން ވަނީ ހައްޔަރު ކުރި މީހުންގެ އަތުން ހޯދާފަ އެވެ. އަދި ފިރިހެން މީހާގެ އަތުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
https://twitter.com/PoliceMv/status/1217825876726833153
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް