އުމުރުން ދެ އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވިގޮތުގައި އެ ކުއްޖާއަށް އުމުރުން ދުވަސް...

16 Jan 2020 | 17:08

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވިގޮތުގައި އެ ކުއްޖާއަށް އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

"މީހަކު އަދި ހައްޔަރުކޮށްފައެއް ނުވޭ، ނަމަވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތުދެއްވާގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާއަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެކެވެ. ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް