ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން "ޖެންގޯ ގަރލްސް މާލެ" ފައްޓަނީ!

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން "ޖެންގޯ ގާލްސް މާލެ" ނަމުގައި ވޯކްޝޮޕެއް ހިންގަން ނިންމައިފިއެވެ. މިއީ  ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ  މަގުސަދުގައި ދިރާގާއި ވިމެނ...

16 Jan 2020 | 10:54

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން "ޖެންގޯ ގާލްސް މާލެ" ނަމުގައި ވޯކްޝޮޕެއް ހިންގަން ނިންމައިފިއެވެ.

މިއީ  ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ  މަގުސަދުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެއް ކަމުގައި ދިރާގުން ބުނެއެވެ.

މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ 17 އަދި 18 ޖަނަވަރީ ގައެވެ. މި ޕްރޮގްރާމު ޚާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.

"ޖެންގޯ ގާރލްސް މާލެ" ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯރކު ބޭނުންކޮށްގެން ވެބްސައިޓް ހަދަން ދަސްކޮށްދޭނެއެވެ.  މި ވޯރކްޝޮޕްއަކީ  ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ  ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ ޖެންގޯ ގާރލްސްގެ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު އަދި ވިމެން އިން ޓެކް މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާންކޮށް މިމަހު 14ގެ ނިއަލަށް ބައިވެރިވާން އެދޭ ފަރާތް ތަކުގެ އެޕްލިކޭޝަން ފޯމް ބަލައި ގަނެފައެވެ.

މި ވޯރކްޝޮޕްގައި މެންޓަރސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ވިމެން އިންޓެކް މޯލްޑިވްސް އިން2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނެވެ. 'ޖެންގޯ ގަރލްސް މާލެ' ގެ ބައިވެރިން ވެބްސައިޓްސްތައް ހަދާނީ ކޯޗުން ގެ އިރުޝާދާއެކުގައެވެ. އެހެންކަމުން ޕްރޮގްރާމިންގ ގެ އެއްވެސް ތައުލީމެއް އަދި  ތަޖުރިބާއެއް ނެތް ފަރާތްތަކުންވެސް މިވޯކްޝޮޕްގައި ބައިވެރިވާނެއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އަދި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި 'ގަރލްސް ޓު ކޯޑް' ނަމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ސީރީސް ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ. މިގޮތުން 2019 ވަނަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމު ފުވައްމުލައް ސިޓީގައި ބޭއްވިއެވެ. މި ފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގުމަށްވެސް ވަނީ ރޭވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް