އާންމުންގެ ސުވާލު: މުސާރަ ބޮޑު ކުރަންވީ ކައުންސިލަރުންނާއި މޭޔަރުންގެތަ؟

ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށް މެޑިކަލް އިންޝުއަރެންސް ޕެކޭޖެއް ދޭން ނިންމުމުން އާންމުންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދިއްޖެ އެވެ. އިއްޔެ ބޮޑު ތިލަދުންމަތީގައި އެމްޑީޕީން ބޭއްވި މަ...

16 Jan 2020 | 08:52

ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށް މެޑިކަލް އިންޝުއަރެންސް ޕެކޭޖެއް ދޭން ނިންމުމުން އާންމުންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދިއްޖެ އެވެ.

އިއްޔެ ބޮޑު ތިލަދުންމަތީގައި އެމްޑީޕީން ބޭއްވި މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އެ ހުށަހެޅުމާއި އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންދާ ބައެއް އާންމުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ އެއްވެސް ތައުލީމީ ޝަރުތެއް ނެތި އިންތިހާބުވާ ކައުންސިލަރުންނާއި މޭޔަރުންނަށް ބޮޑު މުސާރައެއް ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ ކައުންސިލަރުންގެ މުސާރަ ފަޓާސް ބަރިއެއްހެން ބޮޑުވި އިރު އަނެއް ބަޔަކަށް ހަމަ އުޖޫރަ ދޭންވީމަ މުސާރައިގެ އޮނިގަނޑު މުރާޖާ ކުރަން ޖެހޭތަން ފެންނަމުންދާ ކަމަށެވެ.

https://twitter.com/hashem_abubakr/status/1217432091677249537

ސޯޝަލް މީޑީއާގައި ހިތްހަމަ ނުޖެހުން ފާޅު ކުރި މީހުން ބުނެފައިވަނީ ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި ސިވިލް ސާވިސްގައި ތިބި ޓެކްނިކަލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން މާ މުހިންމު ކަމަށެވެ. ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމުގެ ކުރިން ދިރާސާއެއް ހަދަން ނުޖެހުނީ ކީއްވެތޯ ބައެއް މީހުން ސުވާލުކޮށްފައިވާއިރު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށްދޭން ފަސްޖެހެނީތޯ ރައީސް ސޯލިހާއި މީހަކު ސުވާލުކޮށްފައިވެ އެވެ.

https://twitter.com/MohamedJazeel4/status/1217633608015335425

https://twitter.com/Fathimathzimna/status/1217483592269361152

ކައުންސިލަރުންގެ މުސާރައިގެ ތަފްސީލް:

މޭޔަރު 40000ރ.

ޑެޕިއުޓީ މޭޔަޔަރަށް 35،000ރ.

ސިޓީ ކައުންސިލްގެ މެމްބަރަކަށް 30،000ރ.

އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ.

ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ.

ނައިބު ރައީސަށް 15،000ރ.

ކައުންސިލް މެމްބަރަކަށް 12،000ރ.

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައި މިވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ދިމާކޮށެވެ. މި އިންތިހާބުގައި މިފަހަރު980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް