މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 19 ޕަސެންޓު ދަށްވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވަނީ426 މިލިއަން ރުފިޔާގެ މުދަލެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި523 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ އެކްސްޕޯޓު ކުރި މިންވަރު ދަށްވި ނަމަވެސް އެކްސްޕޯޓު އަދި އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އާއި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ އިތުރުވެފައި އެވެ. އެގޮތުން ދައުލަތަށް ލިބުނު އާމްދަނީ 10 ޕަސެންޓު އިތުރުވެފައިވާއިރު އިމްޕޯޓު ކުރި މުދަލުގެ އަގު އިތުރުވެފައިވަނީ ހަތަރު ޕަސެންޓެވެ.
އެކްސްޕޯޓު އަދި އިމްޕޯޓުން ދައުލަތަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި361 މިލިއަން ރުފިޔާ ލިބިފައިވާއިރު2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ329 މިލިއަން ރުފިޔާ އެވެ. މިދިޔަ މަހު އިމްޕޯޓު ކޮށްފައިވަނީ4.4 ބިލިއަން ރުފިޔާގެ މުދަލެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކޮށްފައިވަނީ4.2 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާ، ޔޫއޭއީ އަދި މެލޭޝިއާ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް